navLogo

ސްޕެޝަލް އޮލިމްޕިކްސްގެ ދެވަނަ ފެތުމުގެ މުބާރާތް މާދަމާ ފަށަނީ

ސްޕެޝަލް އޮލިމްޕިކްސްގެ ދެވަނަ ފެތުމުގެ މުބާރާތް މާދަމާ ފަށަނީ
SOM
މަރިޔަމް ޝިޔާނާ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ނުވަތަ އެސްއޯ މޯލްޑިވްސްގެ ދެވަނަ ފެތުމުގެ މުބާރާތް މާދަމާ ފަށަަން ތައްޔާރުވެއްޖެއެވެ.

ހުޅުމާލެ ސްވިމިން ޕޫލުގައި ކުރިޔަށްގެންދާ މި މުބާރާތުގައި 58 އަށް ފަރާތަކުން ބައިވެރިވެއެވެ. މިދިޔަ އަހަރުގެ މި މުބާރާތުގައި ބައިވެރިވެފައިވަނީ 27 ފަރާތަކުންނެވެ. 

މި މުބާރާތުގެ ތެރެއިން ޖުމްލަ ހަތް އިވެންޓެއް ކުރިޔަށްގެންދާނެ ކަމަށް އެސްއޯ މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. އެއީ:

- 25 މީޓަރު ފްރީ ސްޓައިލް

- 25 މީޓަރު ބެކްސްޓޯކް

- 25 މީޓަރު ބްރެސްޓް ސްޓްރޯކް

- 25 މީޓަރު ބަޓަފްލައި

- 50 މީޓަރު ފްރީ ސްޓައިލް

- 25 މީޓަރު ކިކް ބޯޑް ރޭސް

- 50 މީޓަރު ކިކް ބޯޑް ރޭސް

މި އިވެންޓުތަކުގެ ތެރެއިން ކިކް ބޯޑް ރޭސްއަކީ މި އަހަރު އަލަށް ތަޢާރަފްކޮށްފައިވާ އިވެންޓެއް ކަމަށް އެސްއޯ މޯލްޑިވްސް އިން މައުލޫމާތުދެއެވެ. އެގޮތުން އެ ހަރަކާތް އިތުރުކުރީ ވެސް ވީހާވެސް ގިނަ ފަރާތްތަކަށްއެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

އެސްއޯ މޯލްޑިވްސް އަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ތެރެއިން އެކި ދުޅަހެޔޮ ސިއްޚަތެއް ހޯދައިދިނުމަށް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ޖަމުއިއްޔާއެވެ. މި ޖަމުއިއްޔާ ވުޖޫދުވެފައިވަނީ 2018 ވަނަ އަހަރުއެވެ. 

އެސްއޯ މޯލްޑިވްސްގައި މިވަގުތު ވެސް އެކި ހަރަކާތްތަކުގެ ޓްރެއިނިން ފޯރުކޮށްދޭ އެތައް ސަތޭކަ ފަރާތްތައް ތިބޭއިރު، އެފަދަ ފަރާތްތަކުގެ އަތުން އެ ޖަމުއިއްޔާއިން އެއްވެސް ފީއެއް ނުނަގައެވެ. އެހެންކަމުން އެ ޖަމުއިއްޔާގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމުގައި ޢާންމުންގެ އެހީތެރިކަމަށް އެ ޖަމުއިއްޔާއިން ވަނީ އެދިފައެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356