-1766150957246.webp)
ދިވެހިރާއްޖޭގެ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ވިދާޅުވެފައިވަނީ، މިރޭ ކ. މާފުށީގައި ހަވާ އެރުވުމެއް ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތް ކުރިއަށް ދާނީ މިރޭ 21:30 ގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.
އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ، މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މި ހަވާ އެރުވުން ކުރިއަށްދާނީ ޖުމުލަ 3 މިނެޓަށް ކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކުރެއްވިއެވެ.
ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަވާ އަރުވައިދިނުމުގެ ހިދުމަތް ދެމުންނެވެ.